ކައުންސިލް (5) 2026/04 ވަނަ ޖަލްސާ
ުމުޙައްމަދު ޞަބާޙު
މަރިޔަމް މުޒައިނާ
ޙަސަން އާސިމް
އެޖެންޑާ
1. ކައުންސިލްގެ (5)04/2026 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން.
2. ކައުންސިލްގެ 03/2026 (5)ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން.
3. ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނޭ ކަންކަމާއި މެދު މަޝްވަރާކުރުން.
4. މާތޮޑާއަވަށު ކުރީގެ އޮފީސް ހިންގި އިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި ގުޅިގެން އަޙްމަދު އަޝްފާޤު ހުށެހެޅި ސިޓީއާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން. (އިދާރާއިން ހުށެހެޅި މައްސަލަ)
ޙުލާސާ
-
ނިންމުންތައް
1. މާތޮޑާއަވަށު ކުރީގެ އޮފީސް ހިންގި އިމާރާތްކުއްޔަށް ދިނުމުގެ އެއްބަސްވުމާއި ގުޅިގެން އަޙްމަދު އަޝްފާޤު ހުށެހެޅި ސިޓީއާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން. (އިދާރާއިން ހުށެހެޅި މައްސަލަ)
14 މޭ 2026 ގައި އަޙްމަދު އަޝްފާޤު ފޮނުއްވާފައިވާ ސިޓީ ނަންބަރު ((2)INDIV/423/2026/301) ގައި އެދިވަޑައިގެންފައިވާ ފަދައިން، ނޮވެމްބަރު 2023 އިން ފެށިގެން އޭޕްރީލް 2026 ގެ ނިޔަލަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާ، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކޭނެ ގޮތަށް ކައުންސިލުން ނިންމިއެވެ.
މީގެ އިތުރުން، 1 މޭ 2026 އިން ފެށިގެން އަޙްމަދު އަޝްފާޤާއެކު މި ކައުންސިލުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ތާރީޚުން ފެށިގެން އިތުރަށް ޖޫރިމަނާ ނުހިނގާނެ ގޮތަށް ހަމަޖައްސައި، އެ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ 554,256.67 (ފަސްލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ފަންސާސް ހަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދައްކާ ގޮތަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ވީމާ، 1 މޭ 2026 އިން ފެށިގެން 1 މޭ 2028 ގެ ނިޔަލަށް، ކޮންމެ މަހަކު މި އިދާރާއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 23,094.03 (ތޭވީސްހާސް ނުވަދިހަ ހަތަރު ރުފިޔާ ތިން ލާރި) އެވެ.