ނެރުބައްތި ޖަހައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ޢާންމު އިޢުލާން
ނަންބަރު :
423/423/2026/25(IUL)
ޕަބްލިޝްކުރި ތާރީޚު :
21 މެއި 2026
ސުންގަޑި :
މި އިދާރާގެ ނަންބަރު (IUL)423/423/2026/22 (19 މޭ 2026) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ގދ.ފަރެސްމާތޮޑާ ފަޅަށް ވަދެނުކުމެ ހެދުމަށް ބޭނުންކުރާ ނެރުގައި ނެރުބައްތި ޖެހުމުގެ މަސައްކަތް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 މޭ 21ވަނަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށައެޅުން އެދެމެވެ. ކޯޓޭޝަން މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
v އީމެއިލް: info@faresmaathodaa.gov.mv
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.