ގދ.ފަރެސްމާތޮޑާގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

ޢާންމު އިޢުލާން
ނަންބަރު : (IUL)423/423/2026/23
ޕަބްލިޝްކުރި ތާރީޚު : 20 މެއި 2026
ސުންގަޑި : 8 ޖޫން 2026

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފަރެސްމާތޮޑާގެ ބިމާއި އިޙްތިޞާސް ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ލޭންޑް ޔޫޒް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި، ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1.       މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2026 ޖޫން 08 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް info@faresmaathodaa.gov.mv  މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  1. މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. 
  2. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 09 ވަނަދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2026 ޖޫން 10 ވަނަދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.